ENGLISH

16 ޑިސެމްބަރު 2025

Advertisement

ވެލިދޫ ބިން ހިއްކުން؛ ޖިއޯބޭގް ޖެހުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

15 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވެލިދޫ ހިއްކި ސަރަޙައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ

ނ. ވެލިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ޖިއޯބޭގް ޖެހުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، މި މަސައްކަތުގެ ދަށުން 443 މީޓަރުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެލިދޫ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކުރަމުން ދަނީ--ފޮޓޯ:އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން، ވެލިދޫގެ ބިން ހިއްކުމުގެ މަސައްކަތް  ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙަައްދު ހިމާޔަތް ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު  މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫޢުގެ ދަށުން އެރަށު ފަޅުން 2.7 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާފަ އެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.6 މިލިއަން ރުރިފާއަށެވެ.

ވެލިދޫއިން ހިއްކި ސަރަޙައްދު ހާއްސަ ކުރެވިގެންދާނީ ރަށުގައި އޮޑިދޯނި ފަހަރު ބާލައި އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށެވެ. 

ގާތްގަނޑަކަށް 2700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވެލިދޫއަކީ ކައިރި ގިނަ ރަށްރަށުން ގިނަ ޚިދުމަތްތައް ހޯދަން އަންނަ ރަށެކެވެ. 

މި މަޝްރޫޢު ނިމުމާއެކު، އެރަށުގެ ރަށްޔިތުންނަށް ޢުމްރާނީ ގޮތުންނާއި، އިޤްތިޞާދީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު