ENGLISH
16 ޑިސެމްބަރު 2025
މަހިބަދޫ ފުޓްސަލް ދަނޑުގެ ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށް
15 ޑިސެމްބަރު 2025
|
އދ. މަހިބަދޫގައި ހަދަމުންދާ ފުޓްސަލް ދަނޑުގެ ބިންގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އާރްޑީސީ
އދ. މަހިބަދޫގައި ހަދަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން ބިންގަނޑު ކޮމްޕެކްޓް ކުރުމާއި ފެންސު ޖެހުމުގެ އިތުރުން ސައިޑް ވޯކް ކޮންކްރީޓްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ސަރުކާރުން އާރުޑީސީއާ ހަވަލުކޮށްގެން ކުރަމުން އަންނަ މަސައްކަތެކެވެ.
އދ. މަހިބަދޫގައި ހަދަމުންދާ ފުޓްސަލް ދަނޑު ވަށައި ފެންސު ޖެހުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އާރްޑީސީ
އދ. މަހިބަދޫގައި ހަދަމުންދާ ފުޓްސަލް ދަނޑުގެ ސައިޑް ވޯކް ކޮންކްރީޓްގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އާރްޑީސީ
1.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާރިޗު 29، 2025 ގައެވެ.
މަހިބަދޫއަކީ ފުޓްބޯޅައާއި ފުޓްސަލްއަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށަކަށްވާތީ މިފަދަ މަޝްރޫޢުތަކުން ހުރިހާ ރައްޔިތުންގެ އުންމީދުތައް ވެސް އާވެގެންދާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.