ENGLISH
04 ފެބްރުއަރީ 2026
ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް
15 ޑިސެމްބަރު 2025
|
ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ލ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެމްޓީސީސީން ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މި މަޝްރޫއުގެ 81 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ތާރުއެޅުމާއި ފެން ހިންދާ ޕަމްޕުގެ ނިޒާމު ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ފޮނަދޫގެ މަގެއް ތަރައްޤީކުރަނީ. ބޮޑު ބައެއް ވަނީ ނިންމާލާފައި. ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ފެންހިންދާ ނިޒާމު ގާއިމްކުރުމާއި، މަގު ބައްތިތައް ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. މި މަޝްރޫއަށް 53.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ އެމްޓީސީސީން އަންނަނީ ހިންގަމުންނެވެ.