ENGLISH

16 ޑިސެމްބަރު 2025

Advertisement

ގެމަނަފުށީގައި ތަރައްޤީކުރާ މިސްކިތުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް

15 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އާރުޑީސީ

ގއ. ގެމަނަފުށީގައި ތަރައްޤީކުރަމުން އަންނަ މިސްކިތުގައި މިހާރު ކުރަމުން އަންނަނީ، ޝަޓަރިންގ އަދި ފޯމްވޯކްގެ އިތުރުން ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ސަރުކާރުން އާރުޑީސީއާ ހަވަލުކޮށްގެން ކުރަމުން އަންނަ މަސައްކަތެކެވެ.

މި މަޝްރޫއު، ކުރިން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެ، އެ މަސައްކަތް ކުރިއަށް ނުދާތީ އިސްލާމިކް މިނިސްޓްރީން މި މަޝްރޫއު ވަނީ އޮގަސްޓް 5، 2025 ގައި އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރުގެ އިތުރުން މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ނިމިގެންދާނެކަމަށް އާރުޑީސީން ބުންޏެވެ. މީގެ އިތުރުން މި މިސްކިތުގައި ސޯލާރ ޕެނަލް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއަކީ 240 ދުވަސްތެރޭގައި ނިންމާގޮތަށް 7.7 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެެވެ.

ކިޔުންތެރިންގެ ހިޔާލު