ENGLISH
15 ޑިސެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރީންނާއި ބައްދަލު ކުރައްވަނީ
14 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މިނިސްޓަރު މުޙައްމަދު ސައީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވިޔަފާރިވެރީންނާއި ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވި ގޮތުގައި މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ އެވެ.
މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
”ވީމާ، 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި އޮންނަ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ވިޔަފާރިވެރިންނަށް އަރުވަމެވެ،” ހީނާގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަމުންނެވެ. މިއީ މާލޭގެ އަވަށްތަކަށް ޚާއްސަކޮށް މިފަދަ ރައްޔިތު ބައްދަލްވުންތަކެއް ޤައުމުގެ އެންމެ އިސްވެރިއަކު ބާއްވަވާ ފުރަތަމަ ފަހަރެވެ.
އެ ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުންވާ ހުރިހާ ކަންބޮޑުވުންތަކަކާއި އެ ރައްޔިތުން ބޭނުންވާ ހުރިހާ ޝުޢޫރުތަކެއް ފާޅުކުރެއްވުމަށް ފުރުސަތު ދެއްވަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ދެ އަހަރު ނުވަނީސް ހުރިހާ ކައުންސިލްތަކާއި ބައްދަލު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވެ އެވެ.