ENGLISH

04 ފެބްރުއަރީ 2026

Advertisement

ދަނގެތި ބަނދަރުގެ އާ ޖެޓީ ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް

14 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ

އދ. ދަނގެތި ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ ދަށުން، އާ ޖެޓީ ހެދުމަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 69،500 ކިއުބިކް މީޓަރުގެ ސަރަޙަައްދެއްގެ ބަނދަރު ފުންކުރުން
  • 33،600 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުން
  • 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުން
  • 675 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 389 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން
  • 35 މީޓަރުގެ ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން
  • 3،052 އަކަ މީޓަރުގެ ޕޭވްމެންޓްއެއް ހެދުން

މީގެ އިތުރުން މަގު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.

ދަނގެތީ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު، 71.16 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު