ENGLISH

14 ޑިސެމްބަރު 2025

Advertisement

ތައިލެންޑުގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި މިންވަރަކަށް ކެމިކަލް ހުރުމުން ސަމާލުވުމަށް އެދިއްްޖެ

14 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ތައިލެންޑުގައި އުފައްދާ ތިން ބޭހެއްގައި ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ތަހުލީލުތަކުން ދައްކައިފައިވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީ އިން ބުނީ ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ (ފުޑް އެންޑް އެޑްމިނިސްޓްރޭޝަން) އިން ކުރި ތަހުލީލުތަކުން މި ތިން ބޭހުގައި ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ NDMA ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަމަށް ސައުތު އީސްޓް އެޝިޔާ ރީޖަން ނެޓްވޯރކް (SEARN) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

ރާއްޖޭގައި ބޭސް އިންޕޯޓްކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެތެރެއިން، އެ ބްރޭންޑްގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ތައިލޭންޑްއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވުމުން، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ އެކަމަށް ސާމާލުވުމަށް ވަނީ އެދިފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓްކުރާ ބޭސް ޕޯޓްތަކުން ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މި ބޭހާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު