ENGLISH

14 ޑިސެމްބަރު 2025

Advertisement

ޔޫތު ހެކަތޯންގެ ޝަރަފުވެރި އެއްވަނަ "ސީ ސްޓޭކް" އަށް

14 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ޔޫތު ހެކަތޯން 2025 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ޒުވާނުންގެ ވުޒާރާ

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޔޫތު ހެކް (ޓެކް ފެއަރ) 2025 ގެ ޝަރަފުވެރި އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފި އެވެ.

"ސީ ސްޓޭކް" ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހާލިދު އަލް ހަމާދީ އެވެ. 

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" އެވެ. މިހަފްލާގައި ރަނަރަޕް ޓީމު "ވޭވް މައިންޑްސް" އަށް 75,000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު "ސިކް ސޭވެން" ޓީމަށް 50,000 ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ.

މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލި އެވެ. އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާރޓްސް ކަލްޗަރ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީ އެވެ.

ސާޅީސްއަށް ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 85 ޒުވާނަކު ވަނީ ބައިވެރިވެފަ އެވެ. ޔޫތު ހެކް ކުރިއަށް ގެންދިޔައީ 11 ޑިސެމްބަރު 2025 އިން ފެށިގެން 13 ޑިސެމްބަރު 2025ގެ ނިޔަލަށެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޓީމުތަކުން ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި ކޯޕާޓްނަރ އަކީ ވިމެން އިން ޓެކް އެވެ.

މޯލްޑިވްސް ޔޫތު ހެކަތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާތެރޭގައި ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށް، އެ ހުނަރު ދުނިޔޭގެ ބާޒާރުގައި ބޭނުން ކުރެވޭ ވަރަށް ފުރުސަތުތައް ކިޔައިދީ، އެކަން ތަނަވަސްކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު