ENGLISH

14 ޑިސެމްބަރު 2025

Advertisement

އައިސް ޕްލާންޓްތަކުގައި އައިސް ހުންނަ މިންވަރު އޮންލައިންކޮށް ބެލޭގޮތް ހަދައިފި

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޤައުމީ ޖަލްސާގައި ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު އޮންލައިން ނިޒާމެއް މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބެލޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ. 

އައިސް ޕްލާންޓްތަކުގެ އެންމެ ފަހުގެ އަދާހަމަ އޮންލައިންކޮށް ބެލޭނެ މޮޑިއުލް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރ. ދުވާފަރުގައި ބައިވެރިވެވަޑައިގެންނެވި މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައެވެ.  

މޮޑިއުލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. 

އައިސް ޕްލާންޓްތަކުގައި އައި ހުންނަ މިންވަރު ބަލާލެވޭނީ ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށެވެ. 

މަސްވެރި އުޅަނދުތަކަށް ބޭނުންވާ އައިސް އެވަގުތަކު ލިބެންހުރި ޕްލާންޓްތަކާއި، ލިބެންހުރި މިންވަރު އެނގޭނެ ނިޒާމެއް ޤާއިމުކުރެވިފައި ނެތުމުން އައިސް ހޯދުމަށް މަސްވެރިން ގިނަ ވަގުތާއި ޚަރަދުތަކެއް ހޭދަކުރަންޖެހެއެވެ. 

އާ މޮޑިއުލްއާއެކު ފޯނު މެދުވެރިކޮށް ކައިރިން އައިސް ހުރި މިންވަރު ބަލާލެވުމަކީ މަސްވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު