ENGLISH

13 ޑިސެމްބަރު 2025

Advertisement

ކުނީގެ މައްސަލަ ޙައްލުކުރުމަށް ދުވާފަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރަނީ

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ދުވާފަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ ފެންވަރު ރަނގަޅު ނިޒާމު ޤާއިމުކުރުމުގެ ގޮތުން، ރ. ދުވާފަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ދުވާފަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދުވާފަރަށް ކުރައްވާ އެއްދުވަހުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގަންނަވައެވެ. 

ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. 

ދުވާފަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. މަޝްރޫޢު ނިންމަން ޙަވާލުކުރީ 120 ދުވަހުންނެވެ. އެމަސައްކަތް ނިމޭއިރު، ދުވާފަރުގެ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ދުވާފަރުގައި ފައްޓަވައިދެއްވުމުގެ އިތުރުން ތަރައްޤީގެ އިތުރު ގިނަ މަޝްރޫޢުތަކެއް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ދުވާފަރަށް ވަޑައިގެންނެވީ މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައެވެ. މިއަހަރު އެދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ދުވާފަރުގައެވެ. 

ކިޔުންތެރިންގެ ހިޔާލު