ENGLISH
04 ފެބްރުއަރީ 2026
ދުވާފަރު މަޝްރޫޢޫތައް؛ ތިއޭޓަރ ކޮމްޕްލެކްސްއާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
13 ޑިސެމްބަރު 2025
|
ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި އިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސް އިމާރާތުގެ ޢަމަލީ މަސައްކަތާއި އެރަށުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ދުވާފަރުގައި މިހާރު ހުންނަނީ ޞިއްޙީ މަރުކަޒެކެވެ. އާބާދީގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދުވާފަރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވަނީ އެރަށުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ތިއޭޓަރ ކޮމްޕްލެްސްއެއް ޤާއިމުކުރުމަށް ނިންމައިފައެވެ.
ޞިއްޙީ ޚިދުމަތް ދުވާފަރުގައި ފުޅާކުރުމަށް އިމާރާތްކުރާ ތިއޭޓަރ ކޮމްޕްލެކްސްގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ދުވާފަރު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ހޮސްޕިޓަލުގެ މަޝްރޫޢު ޙަވާލުކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ޙަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ.
ދުވާފަރުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ތިއޭޓަރ ކޮމްޕްލެކްސް އިމާރާތުގައި ޒަމާނީ ވަޞީލަތްތައް ޤާއިމުކުރާނެއެވެ. އެގޮތުން، އޮޕަރޭޝަން ތިއެޓަރ ކޮމްޕްލެކްސްގެ އިތުރުން އައިސީޔޫއާއި ނަރސަސް ސްޓޭޝަނާއެކު އާއްމު ގިނަ ވަޞީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަޒުކަޒުގެ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ދުވާފަރުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީ އިންނެވެ.
މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ ގޮތުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތް ފަށައިފައެވެ. ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމާއި، ބާވެފައިވާ ފުލުހުންގެ މަރުކަޒުތައް މަރާމާތުކޮށް އިތުރަށް ތަރައްޤީކުރަމުންނެވެ.