ENGLISH
15 ޑިސެމްބަރު 2025
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި، ހިއްކި ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރަނީ
13 ޑިސެމްބަރު 2025
|
ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރ. ދުވާފަރަށް ކުރައްވާ ދަތުރުފުޅުގައި، ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައި ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފިއެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ދުވާފަރުގައި މިހާރު އޮތް ބަނދަރު ކުޑަވުމާއެކު، ބަނދަރު ބޮޑުކުރުމަކީ އެރަށުގެ ރައްޔިތުންގެ އެދުމެކެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ވަޒީރު ޑރ. މުއްޠަލިބް ފައްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ދުވާފަރުގައި މީގެ އަހަރުތަކެއް ކުރިން ހިއްކާފައި އޮތް ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ޙަވާލުކުރީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއެސްސީ) އާއެވެ.
މި ރަސްމިއްޔާތު ވެސް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޑަބްލިއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދެވެ.
ދުވާފަރުގައި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާއިރު، މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަނީ އެރަށުގައެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެރަށުގައި ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރެ އެވެ.