ENGLISH

12 ޑިސެމްބަރު 2025

Advertisement

މި އަހަރު ބިންގާ އެޅި ރ. މާކުރަތު ފުލުހުންގެ މަރުކަޒު ހުޅުވައިފި

12 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރ. މާކުރަތު ފުލުހުންގެ މަރުކަޒު ހުޅުވުން --

މި އަހަރު ބިންގާ އެޅި ރ. މާކުރަތު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ނިންމާ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މާކުރަތުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއި އެއްގޮތަށް މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް މިއަދު ފޯރުކޮށް ދެމުންދާ ކަމަށެވެ.

އަދި ފުލުހުންގެ ޚިދުމަތް ބޭނުންވާ ވަސީލަތްތަކާއި އިމާރާތްތައް ބިނާކުުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ 140 ވުރެ ގިނަ އިންފްރާންސްޓްރަކްޗާ ޕްރޮޖްކްޓްތައް ނިންމާ ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ނަވީން ވަނީ މި އަހަރު ބިންގާ އެޅި މި މަރުކަޒުގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިމި ހުޅުވިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކޮށްދެއްވާ ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ދެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ.

"މި ކާމީޔާބީ އަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކޮށްދެއްވާ ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ދެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުގެ ނަތީޖާ," ކޮމިޝަނަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް މިހާރު ވަނީ ހުޅުވާފަ އެވެ. ފުލުހުންގެ މަރުކަޒުތައް ނެތް ރަށްރަށުގައި މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު