ENGLISH

12 ޑިސެމްބަރު 2025

Advertisement

10 ޓީމާއެކު އެމްޑަބްލިއުއެސްސީ އިން ދުވާފަރުގައި މަސްރޭހެއް ބާއްވައިފި

12 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ ފަރާތުން ރ. ދުވާފަރުގައި 10 ޓީމާ އެކު މަސްރޭހެއް ފަށައިފިއެވެ.

ސާޅީސް ފަސްވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މަސްރޭހުގެ ބައިވެރިން ފުރާފައިވަނީ ދުވާފަރު ބަނދަރު ސަރަހައްދުންނެވެ.

މިއަހަރުގެ މަސްރޭހުގައި ބައިވެރިވި ފަރާތްތަކުން ދައުލަތުގެ މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ދުވާފަރުގެ ކައިންސިލަށާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި ސިނާޢަތް ކުރިެރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އުފާވެރި މުޖްތަމަޢުއެއް އުފެދި، އެންމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އާލާވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މި މަސްރޭސް ކާމިޔާބުކުރުމަށްޓަކައި ބައިވެރިން ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ.

ރ. ދުވާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިޔަށްގެންދަމުންނެވެ.

އެގޮތުން ރ. ދުވާފަރުގައި "މަސްވެރިންގެ ގުންޒަރެއް" ބާއްވައި، މަސްކެނޑުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަރަކާތްތަކުގައި މި ސިނާޢަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު