ENGLISH

12 ޑިސެމްބަރު 2025

Advertisement

ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި

12 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ފޯކައިދޫގައި އަލަށް އިމާރާތްކުރި މިސްކިތް --

ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލްމަރްހޫމް ހުސައިން ވަޙީދުގެ ދަރިކަލުން އަހްމަދު ނަވީން ހުސައިން އެވެ.

މި މިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ހުސައިން އަވަހާރަވީ ފޯކައިދޫ ދާއިރާގެ މަޖިލީސް މެންބަރު ކަަމުގައި ހުންނަވަނިކޮށް ކެންސަރުގެ އާލާސްކަންފުޅުގަ އެވެ.

400 މީހުންނަށް ނަމާދު ކުރެވޭ މި މިސްކިތުގެ ނަމަކީ މަސްޖިދުލް ނޫރު އެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ފޯކައިދޫއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޝެއިޚް އަޙްމަދު ސަމީރެވެ.

ކިޔުންތެރިންގެ ހިޔާލު