ENGLISH

12 ޑިސެމްބަރު 2025

Advertisement

މިފްކޯއިން މަސްވެރިންނަށް 2.9 މިލިއަން ރުފިޔާ އިއްޔެ ދޫކޮށްފި

12 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މިފްކޯއިން މަސްކިރުވުން -- ފޮޓޯ: މިފްކޯ

މިފްކޯއިން 2.9 މިލިއަން ރުފިޔާ މަސްވެރިންނަށް އިއްޔެ ދޫކޮށްފި އެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 52 އުޅަނދަކަށް 2،968،492.54 ވަނީ އިއްޔެ ދޫކޮށްފަ އެވެ. މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 10 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދެމުންނެވެ. ވެރިކަމާ ހަވާލުވެ މި ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ބެކްލޮގް ހުސްކުރުމަށް ފަހު މަސްވެރިންނަށް ގަވައިދުން ފައިސާ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މަސްވެރިންނަށް ފައިސާ ގަވާއިދުން ދޫކުރުމުގެ އިތުރުން އެ ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު