ENGLISH

17 ޑިސެމްބަރު 2025

Advertisement

އާރުޑީސީން ތަރައްޤީކުރަމުން އަންނަ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް

12 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މުލަކު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އާރުޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާރުޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން މ. މުލަކުގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަނުގައި ކޯޓިންގ ޖެހުމުގެ އިތުރުން ކޮލަމް ފާހަގަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދ. ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ދޮށިމޭނާ މަގުގައި ކާރބް ސްޓޯން ޖެހުމާއި، މޫނިމާ މަގުގައި ޑީވޯޓާރ ހޮޅި އެޅުމަށް މަގު ކޮނުމާއި، ބެކް ފިލިން އަދި ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރުޑީސީން ވަނީ މައުލޫމާތު ދީފަ އެވެ.

ޅ.ހިންނަވަރު ފުޓްސަލް ދަނޑުތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ވަށާ ފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތުގެ އިތުރުން ފެންސްގެ ވެލްޑިންގ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ އިރު، މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ސައިޓްތަކަށް ފޯރުކޮށްދިނުމަށްޓަކައި އާރުޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހދ.ހަނިމާދޫ އާއި ހއ. ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ވެސް އެކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އާރުޑީސީން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ބާރު ސްޕީޑްގައި ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު