ENGLISH
12 ޑިސެމްބަރު 2025
މާކުރަތު ފުޓްސަލް ދަނޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
12 ޑިސެމްބަރު 2025
|
މާކުރަތު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ
ރ. މާކުރަތުގައި ތަރައްޤީކުރަމުން އަންނަ ފުޓްސަލް ދަނޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެމްޓީސީސީން ހިއްސާކުރި މައުލޫމާތުގައި އެ ސައިޓްގައި ކުރިއަށްދާ މަސައްކަތުގެ އަދާހަމަ ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ފުޓްސަލް ދަނޑު ތަރައްޤީކުރާ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވަށާ ފާރު ރޭނުމާއި، ވެލްޑިންގެ މަސައްކަތުގެ އިތުރުން ކޮންކްރީޓް ބައެއް މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މިއަހަރުގެ ޖެނުއަރީ މަހު، ރައީސުލްޖުމްހޫރިއްޔާ ރ. މާކުރަތަށް ވަޑައިގެން އެރަށަށް ތަރައްޤީއަށް ބޭނުންވާ މަޝްރޫއުތަކާގުޅޭ ގޮތުން އެރަށު ރައްޔިތުންނާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެދަތުރުގައި އެރަށަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާ، ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި މާކުރަތުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އިތުރުން ޕޮލިސް ޕޯސްޓް ހެދުމުގެ މަސައްކަތް އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
މާކުރަތުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ވެސް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.