ENGLISH
12 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުން: އިތުރު ދެ ވިޔަފާރިއެއް ބަންދު
12 ޑިސެމްބަރު 2025
|
އިމިގްރޭޝަންގެ އޮޕަރޭޝަން ކުރިއަށް ދަނީ --
ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ފަށާފައިވާ މަަސައްކަތުގެ ތެރެއިން އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިއަދު ވަނީ މާލޭގެ އަށް ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ނޯޓިސްއާއެކު ދެ ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓްކުރުމަށް ސަރުކާރުން ވަނީ އެދިފަ އެވެ. އެކަމުގައި ރައްޔިތުންގެ ފަރާތުން ދަނީ ބޮޑު އެހީތެރިކަމެއް ލިބެމުންނެވެ.
ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށަހެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް އެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.