ENGLISH

12 ޑިސެމްބަރު 2025

Advertisement

ހުޅުމާލެ މަގުތައް ތަރުތީބުކުރުން: ޤަވާޢިދާ ޚިލާފު 787 ވެހިކަލް ޓޯ ކޮށްފި

12 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުން --

ހުޅުމާލޭ މަގުތައް ސާފުކޮށް ޕާކިން ޕާކިން ތަރުތީބު ކުރުމަށް ހިންގި ޚާއްސަ ޕްރަގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

މި މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 އުޅަނދެއް ޓޯވކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނާއި ނުގުޅޭ ބޯޑްހުރި 252 އުޅަނދަކާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑް ނެތި މަގުމަތީ ހުރި 186 އުޅަނދަކާއި މަގުތަކަށް ދޫކޮށްލާފައިވާ 349 އުޅަނދެވެ.

ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުގެ 07:00 އިން ޑިސެންބަރު 11 ވަނަ ދުވަހުގެ ރޭ 20:00 އަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވައި މަސައްކަތުގައި ބައިވެރިވެލެއްވި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވި އެވެ. މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު