ENGLISH

12 ޑިސެމްބަރު 2025

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

11 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

އެންމެ ފަހުން އިންޑިއާގައި ކުރިއަށްދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުގެ ކުޅުންތެރިން. --ފޮޓޯ: އެފްއޭއެމް

އަންނަ އަހަރަށް ތާވަލްކޮށްފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މިއީ ސާފްގެ ޔޫތު މުބާރާތެއް ރާއްޖޭގައި ބޭއްވިގެންދާ ފުރަތަމަ ފަހަރެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ، 20 އަހަރުން ދަށުގެ ސާފް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެފްއޭއެމުން ބުނީ، މި މުބާރާތް ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 22 އިން އޭޕްރީލް 3 ގެ ނިޔަލަށް ކަމަށެވެ. އަދި، މުބާރާތުގެ ކަލަންޑަރު ސާފްގެ ހުރިހާ ގައުމަކާއެކު ހިއްސާކޮށްފައިވާކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

ސާފްގެ ޔޫތު މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމުން ދޭހަކޮށްދެނީ އެ ފެޑެރޭޝަނުން ރާއްޖޭގައި ބައިނަލްއަގުވާމީ ރަނގަޅު ފެންވަރުގެ މުބާރާތްތައް ހޯސްޓްކުރެވިދާނެކަމުގެ ގާބިލްކަން އެފްއޭއެމްގައި ހުރިކަމަށް ސާފް އިން ގަބޫލުކުރުމާއި، އެ ޖަމްޢިއްޔާގެ އިތުބާރު ލިބިފައިވުން ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތަކެއް ބާއްވާފައެވެ. އެގޮތުން، ސާފްގެ މުބާރާތްތަކަށް ބަލާއިރު، ސްރީ ލަންކާއާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހިމެނެއެވެ.

މީގެއިތުރުން، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް އައްޑޫ ސިޓީގައި ވަނީ ހޯސްޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު