ENGLISH
13 ޑިސެމްބަރު 2025
ކުމުންދޫ ފުލުހުންގެ މަރުކަޒުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް
11 ޑިސެމްބަރު 2025
|
ކުމުންދޫ ފުލުހުން އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
ހދ. ކުމުންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން އިތުރަށް ބުނީ އެ މަރުކަޒުގެ ބީމް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އޮގަސްޓުމަހު، ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކުމުންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި މަޝްރޫޢުގެ ދަށުން ,600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރެވޭއިރު، ޕޮލިސް ޕޯސްޓެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ޤާއިމުކުރެވޭނެ އެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 2.20 މިލިޔަން ރުފިޔާއަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.