ENGLISH
13 ޑިސެމްބަރު 2025
ޙައްޖު ޢުމްރާ ކޮންފަރެންސް އާއި އެގްޒިބިޝަން 2025 ފަށައިފި
11 ޑިސެމްބަރު 2025
|
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ރަސްމީކޮށް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ އަލްޤަހްޠާނީއެވެ. މި ރަސްމިއްޔާތުގައި ޙައްޖު ޢުމްރާ ކޮންފަރެންސަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި އަލްސަފްވާ ފައުންޑޭޝަންގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޙައްޖު ޢުމްރާ ކޮންފަރެންސަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ވުޒާރާއިން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ. މިއަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާއި ހަމައަށް އަދި ހުކުރު ދުވަހު ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައެވެ.
މިއަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި ވެސް މުހިއްމު މަޢުޟޫއުތަކަކަށް ޕެނަލް ޑިސްކަޝަންސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކަން: ޚިދުމަތުގެ ފެންވަރު" މި މަޢުޟޫއަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންގެ ވާހަކަފުޅުދެއްކުން ވެސް އޮންނާނެއެވެ.