ENGLISH

13 ޑިސެމްބަރު 2025

Advertisement

ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށް ތިން ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

11 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށް ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާރއެއް އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން އަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި މަސައްކަތުގެ ތެެރެއިން، ބިދޭސީ މުވައްޒަފުން އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، އެ މީހުންނަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ހުއްދަ ނޫން މަސައްކަތާއި އެހެނިހެން މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް އުޅެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން 8،609 މީހުން މިދިޔަ ދެ އަހަރު ތެރޭގައި ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު