ENGLISH
14 ޑިސެމްބަރު 2025
ނޮޅިވަރަމް ސިއްޙީމަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެލްއެމްއޭ އިންވެސްޓްމަންޓާ ހަވާލުކޮށްފި
11 ޑިސެމްބަރު 2025
|
ނޮޅިވަރަމް ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ހެލްތު މިނިސްޓްރީ
ހދ. ނޮޅިވަރަމް ސިއްޙީމަރުކަރުގައި އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެލްއެމްއޭ އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.
މި އިމާރާތަކީ ނޮޅިވަރަމް ސިއްޙީމަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ހިދުމަތް ފެށުމަށްޓަކައި ތަރައްގީކުރާ އިމާރާތެކެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި އެލްއެމްއޭ އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މޫސާ ނަޒްމީ އެވެ.
މި މަޝްރޫއު އެލްއެމްއޭ އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.7 މިލިއަން ރުފިޔާއަށް ކަމަށް ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
ސިއްޙީ މަރުކަރުގައި އަލަށް އިމާރާތްކުރާ އިމާރާތުގައި ޑެންޓަލް ރޫމްއަކާއި، އެކްސްރޭ ރޫމެއްގެ އިތުރުން ކޮންސަލްޓޭޝަން ރޫމެއް ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ.
ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމްގެ ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމާއެކު، އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބިގެން ސިއްޙީ ގިނަ ހިދުމަތްތަކެއް ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރުމާއެކު އާ އިމާރާތްތައް އެޅުމުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ފަށާފައިވާ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.