ENGLISH
14 ޑިސެމްބަރު 2025
ފިނޭގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު ރޭނުމުގެ މަސައްކަތް ފަށައިފި
11 ޑިސެމްބަރު 2025
|
ފިނޭގެ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
ހދ. ފިނޭގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު ރޭނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ފުލުހުންގެ އިދާރާގެ ތަނބުތައް ޖެހުމާއި ބީމް އެޅުމުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ފިނޭގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މި އަހަރު އޮގަސްޓް މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގަ އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.