ENGLISH
14 ޑިސެމްބަރު 2025
އުކުޅަހު ފުލުހުންގެ އިދާރާގައި ގާއިމްކުރާ ޖަލުގެ މަސައްކަތް ކުރިއަށް
11 ޑިސެމްބަރު 2025
|
އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ
އއ. އުކުޅަހު ފުލުހުންގެ އިދާރާގައި ގާއިމްކުރާ ޖަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ޖަލުގެ ތަނބުތައް ޖެހުމަށް ކޮނުމާއި، ބިންގަނޑު އެއްވަރުކޮށް ހަރުކުރުމާއި، ތަނބުތައް ޖެހުމަށް ތައްގަނޑު ހެދުމުގެ މަސައްކަތް ކަމަށެވެ.
ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި އަހަރު އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ޤާނޫނާއި ގަވާޢިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.