ENGLISH
10 ޑިސެމްބަރު 2025
ގައްދޫ ބަނދަރުގެ ޖެޓީގެ މަސައްކަތް ކުރިއަށް
10 ޑިސެމްބަރު 2025
|
ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ
ގދ. ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖެޓީގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ފާލަމުގެ ކޮންކްރީޓް މަސައްކަތް ކުރުމަށް ފްރޭމް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި މުޅި މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 40.2 މިލިއަން ރުފިޔާއަށެވެ.
ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު، އެރަށުގެ މަސްވެރިންނަށާއި، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އަދި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެ އެވެ.