ENGLISH
10 ޑިސެމްބަރު 2025
ގައުމު ތަރައްގީކުރަން މަސްވެރިންކުރާ މަސައްކަތް ބަލައިގަންނަން ޖެހޭ: ރައީސް މައުމޫން
10 ޑިސެމްބަރު 2025
|
ދިވެހިރާއްޖޭގެ މަސްވެރިން މި ގައުމު ތަރައްޤީކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ބަލައިގަންނަން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދިވެހިރާއްޖޭގެ ހީވާގި ދިވެހި މަސްވެރިންނަށާއި، އޮޑިވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އެ ފަރާތްތަކަށް އިޚްލާސްތެރިކަމާއި ލޯތްބާއެކު، ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.
ރައީސް ވަނީ މަސްވެރިންގެ ދުވަހަކީ އުންމީދުން ފުރިގެންވާ ދުވަހެއްކަމަށް ވިދާޅުވެ މަސްވެރިންގެ މަސައްކަތަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވައިފައެެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން ރ. ދުވާފަރުގައި "މަސްވެރިންގެ ގުންޒަރެއް" ބާއްވާ، މަސްކެނޑުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.