ENGLISH

10 ޑިސެމްބަރު 2025

Advertisement

ވޭޕްގެ ބޮޑު ޝިޕްމަންޓް އަތުލައިގެންފި، އަގު 2.7 މިލިއަނަށް އަރާ

10 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

އެމްޕީއެލް ސަރަހައްދު --

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިންގި ޚާއްސަ އޮޕަރޭޝަންގައި ވޭޕްގެ ބޮޑު ޝިޕްމަންޓް އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސް އަށް ފާހަގަކުރެވިގެން މި މަހުގެ ހަތަރުވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި މުދާ ޝިޕްމަންޓް ބަލާފާސްކޮށްފައިވާ ކަަމަށާ ފޮރުވާފައި ހުއްޓާ 10800 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ސްޕްރިޓެންޑެންޓް މުހައްމަދު އަފްޒަލް ވިދާޅުވީ އަތުލައިގަތް ވޭޕްތަކުގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. 

އަދި ވިދާޅުވީ މިއީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް ކަމަށެވެ.

އަހަރު ދުވަހުން 66,000 ވޭޕް ހިފެހެއްޓި

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ސްޕްރިޓެންޑެންޓް މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި މިދިޔަ މުއްދަތުގައި މިހާތަނަށް 66,000 ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވެ އެވެ.

ދުންފަތާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޭޕް ވިއްކުމާއި ބޭނުންކުރުމުގެ އިތުރަށް ވޭޕްއާއި އެއާ ގުޅުންހުރި ސާމާނު ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު