ENGLISH

10 ޑިސެމްބަރު 2025

Advertisement

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޝަކީބް

10 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

އިބްރާހިމް ޝަކީބު

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޓީވީ މޯލްޑިވްސް އިން އާންމުންގެ އެންމެ ބޮޑު މަޤްބޫލު ކަމެއް ހޯއްދެވި އިބްރާހިމް ޝަކީބު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވާފައިވާތީ އެ މަޤާމަށް އިބްރާހިމް ޝަކީބު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ޝަކީބަކީ ޓީވީ މޯލްޑިވްސްގެ އެންމެ މަޤްބޫލު ޝޯތަކާއި ޕްރަގްރާމްތައް ހުށައަޅުއްވާފައިވާ ޓީވީއެމްގެ އެންމެ މަޤްބޫލު ހުށައެޅުންތެރިޔާ އެވެ. އޭނާ ވަނީ ވަރަށް ދިގު މުއްދަތަކަށް ޚަބަރު ވިދާޅުވެފަ އެވެ. އަދި ޓީވީއެމްގެ އެންމެ ކާމިޔާބު ޝޯތައް ކަމަށްވާ "ހޭޔަންބޯ" އާއި "ހެނދުނުހެނދުނާ" އަދި "ތިޔަބޭފުޅުންގެ ފުރުސަތު" އާއި "އެ ހަނދާނުގައި" ފަދަ އެތައް ޓީވީ ޝޯތަކެއް ހުށައެޅުއްވި އެވެ.

ޝަކީބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްމުންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްވެސް ހުށައަޅުއްވައި ދެއްވާފަ އެވެ. އެއީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި ސަރުކާރުގެ ކަންކަން ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑަައިގަަންނަވާ ޕްރަގްރާމެކެވެ.

ޓީވީ ހުށައެޅުންތެރިއެއްގެ އިތުރުން ޝަކީބު އަކީ ތަޢުލީމީ ދާއިރާގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. ޝަކީބު ވަނީ 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފަ އެެވެ. ވަރަށް ދިގު މުއްދަތަކަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އިސް ބޭފުޅަކަށްވެސް ހުންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު