ENGLISH

10 ޑިސެމްބަރު 2025

Advertisement

ވެކްސިންގެ ގައުމީ ތާވަލުގައި ދެ ވެކްސިނެއް ހިމަނައިފި

10 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ވެކްސިންގެ ގައުމީ ތާވަލަށް ދެ ވެކްސިނެއް އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން އަސާސީ ވެކްސިންގެ ލިސްޓުގައި، ހެލްތު މިނިސްޓްރީގެ ފަރާތުން، ހިމަނާފައިވާ ކަމަށެވެ.

ނިއުމޯކޮކަލް އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވާން ޖަހާ ވެކްސިނެވެ. ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެކެވެ.

މި ވެކްސިންތައް ދޭނީ އުމުރުން ދެ މަހާއި ހަތަރު މަސް އަދި ހަ މަހުގެ ތުއްތު ކުދިންނަށެވެ.

ނިއުމޯކޮކަލް އަދި ރޮޓާވައިރަސް އަކީ މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިން ކަމަށްވިނަމަވެސް، ގައުމީ ތާވަލުގައި މި ވެކްސިންތައް ހިމެނުމުން އެ ވެކްސިންތައް ހިލޭ ލިބޭނެއެވެ.

މިއަދުން ފެށިގެން ރަސްމީކޮށް މި ވެކްސިންތައް ދޭންފަށާފައިވާއިރު، މި ވެކްސިންތަކަކީ ކުދިންގެ ރައްކާތެރިކަމަށް މުހިންމު ވެކްސިނެއްކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު