ENGLISH

10 ޑިސެމްބަރު 2025

Advertisement

މިފްކޯއިން، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ފޮނުވައިފި

10 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ދިވެހިރާއްޖޭގެ މަސްވެރިންނަށް، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައިފި އެވެ.

ސޯޝަލް މީޑިއާގައި މިފްކޯއިން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި މަސްވެރި ސިނާޢަތުގައި މަސައްކަތްކުރައްވާހުރިހާ ފަރާތްތަކަށް އަރިސްކުރައްވާ ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

މިފްކޯ އިން އަންނަނީ ދިވެހިރާއްޖޭގެ މަސްވެރިންނަށް ދެމުން އަންނަ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން  ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 10 އައިސްޕްލާންޓެއްގެ މަސައްކަތް ނިންމައި، މިހާރު ރާއްޖޭގައި ޖުމްލަ 23 އައިސްޕްލާންގެ ހިދުމަތް ދެމުން އަންނަ ކަން މިފްކޯއިން ވަނީ ހާމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު