ENGLISH
10 ޑިސެމްބަރު 2025
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ
10 ޑިސެމްބަރު 2025
|
ރައީސް މަޖިލީހުގައި ރިޔާސީ ބަޔާން ދެއްވަވަނީ
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެކަން ޢިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި ކަމުގަ އެވެ.
ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުމަކީ އިސްލާމްދީނުގަައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފަ އެކެވެ. ނަމަވެސް ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި މި ނުބައި ފާފަ ކުރުން ދަނީ ފުޅާވެ އިތުރުވަމުންނެވެ.
ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަކަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކުޅިވަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑަައިގެން މިފަދަ ނުބައި އެތައް ދޮރެއް ބަންދު ކުރެއްވުމަށް ޤާނޫނަށް ބަދަލުތައް ގެނައުމާއި އެ ނޫން ވެސް މުހިންމު އެތައް ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުންނެވެ. މިއީ ކުރީގެ ވެރީންނަށް އަޅުއްވަން ކެރިވަޑައިނުގެންނެވި ބައެއް ފިޔަވަޅުތަކެވެ.
އިސްލާމްދީނުގައި ޖުވާކުޅުން ޙަރާމްކުރައްވާފައި ވަނީ، އެކަމަކީ ފާފަވެރިވާ އަދި ގެއްލުންހުރި މުޑުދާރު ޢަމަލަކަށްވާތީ ކަމަށް ޢިލްމުވެރީން ވިދާޅުވެ އެވެ.
ޖުވާގެ ތެރޭގައި ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ނަޞީބު ނަންބަރު ނެގުމާއި ކެސީނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި ބެޓުކުރުން ހިމެނެ އެވެ.