ENGLISH
01 ޑިސެމްބަރު 2025
ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފި
01 ޑިސެމްބަރު 2025
|
ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީކުރުމުގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފި ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. މި ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމެވީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއްގަމު އުޅަނދުތައް ގިނަވުމުގެ އިތުރުން ޚާއްސަކޮށް މާލޭގެ މަގުތައް ތޮއްޖެހުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މަގުތައް ބާރުބޮޑުވުމާއެކު ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމާއި ފިޔަވަޅުތަކެއް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަން ވަޒީރު ފާހަގަކޮށްފައިވެއެވެ.