ENGLISH

01 ޑިސެމްބަރު 2025

Advertisement

ޝާހިދުގެ ސިޓީން ސާފުވީ އެމްޑީޕީން ވޯޓު އޮޅުވައިލަމުން އައި ގޮތް، އެދެނީ ރައީސް ޑރ.މުޢިއްޒަށް ކާމިޔާބީ: ޝުއައިބު

01 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދަށް ފޮނުއްވި ސިޓީގައި ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފަައިވަނީ އެ ޕާޓީގެ އެތެރޭގައި އިންތިހާބުތަކުގެ ވޯޓު އޮޅުވައިލަމުން އައި ގޮތްކަމަށް އެމްޑީޕީ އުފެއްދުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ޝުއައިބު އަލީ (ފުރަަހަނަ ޝުއައިބު) ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ބައެއް ސިޔާސީ ގްރޫޕުތަކަށް ޝުއައިބު މިއަދު ފޮނުއްވި ވޮއިސް މެސެޖެއްގަައި ވިދާޅުވީ ޝާހިދުގެ ސިޓީފުޅުން ސާފުވީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ތެރޭގައި އާއިލީ ވެރިކަމެއް ގާއިމުކޮށް، ޕާޓީގެ އެތެރޭގެ އިންތިހާބުތައް ގަޑުބަޑުކޮށް ހަރާބުކުރަމުން އައި ގޮތް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ޝާހިދުގެ ސިޓީގައި ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައިވަނީ އެ ޕާޓީގެ އިސްލާހީ މަސައްކަތް މިހާރު އޮތް ހިސާބެވެ. އެއީ 17 އަހަރުވަންދެން އާއިލީ ވެރިކަމެއް ގާއިމުކޮށް ޕާޓީ އެކެއްގެ މުށު ތެރޭގައި ބާއްވައިގެން ވޯޓު އޮޅުވައިލަމުންދިޔަ ގޮތް ކަމުގައިވެސް ޝުއައިބު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުގެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ޝުކުރު ދަންނަވަން ސިޓީއެއްގެ ޒަރީއާއިން އެމްޑީޕީގެ ތެރޭގައި ވޯޓު އޮޅުވައިލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތް ވިދާޅުވެދެއްވީތީ،" ޝުއަައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭނުންފުޅުވަނީ ރާއްޖެއަށް ގިނަ ދުވަހު ހިދުމަތް ކުރެވޭ ގޮތަށް ރަނގަޅު ވެރިއެއްގެ ވެރިކަން ދިގުދެމިގެން ދިއުމެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި ބަރަަކާތްލެއްވުމަށާއި، ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އެމަނިކުފާނަށް ލިބުމަށް ޝުއައިބުވަނީ ދުއާކުރައްވާފައެވެ. 

ޝާހިދުގެ ސިޓީއަކީ އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެން ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި އޮޅޭ ގޮތަށް ޕާޓީގެ ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް ކަން ކޮށްފައިވާތީ އެކަން ފާހަގަކުރައްވައި އެ ރޭ ރިޔާސަތު ބެލެހެއްޓެވި އިބްރާހީމް ވަަހީދަށް ފޮނުއްވި ސިޓީއެކެވެ. 

އެރޭ ގައުމީ މަޖިލީހުގައި ނެގި ވޯޓުން ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަަކު ހޮވުނުކަން ނުވަތަ ނުހޮވޭކަން ކަށަވަރުނުވަނީސް އެ މަގާމަށް ކުރިމަތިލެއްވި ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުވަނީ އޭނާގެ ނަންފުޅު އަނބުރާ ގެންދަވާފައެވެ. ނަން އަނބުރާ ގެންދެވި ސަބަބެއްކަމަށް ވިދާޅުވީ އެމްޑީޕީގެ މުޝީރު ކުރީގެ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަމަލުކުރައްވަމުންދާ ގޮތެވެ. 

އެމްޑީޕީގެ އެތެރޭގައި ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ ޕާޓީ ހިންގުމުގެ މަސައްކަަތް މަޑުޖެހި، އެތެރޭގެ ބައިބައިވުންތަކުގައި ޕާޓީ ވަރަށް ބޮޑަށް ހީނަރުވެ ބައިބައިވެފައިވާ މި ދުވަސްވަރު އެ ޕާޓީގެ ޗެއާޕާސަނެއް ނެތުމުން ޕާޓީ އޮތީ ހުއްޓުމަކަށް އައިސްފަައެވެ. 

ކިޔުންތެރިންގެ ހިޔާލު