ENGLISH

01 ޑިސެމްބަރު 2025

Advertisement

ޤުރްއާން މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

01 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މީހަކު ޤުރްއާން ކިޔަވަނީ--ފޮޓޯ:ޕީއެސްއެމް

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރްއާން މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މި މަހަސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ  ޑިސެމްބަރ 14، 2025 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 23:00 އަށެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރްއާނުގެ ދާއިރާއިން ޢިލްމީ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ތަފާތު ޤިރާއަތްތަކަށް ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އަދި އެކަމުގެ ޙައްލާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

މި މަހާސިންތާގައި ބައިވެރިވުމުގެ ޝަރުޠުތައް:

  • ޢުމުރުން 20 އަހަރުން މަތީގެ ފަރާތަކަށްވުން
  • ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ މަސައްކަތް ކުރާފަރާތަކަށްވުން
  • ޤުރްއާނުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށްވުން

މި މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ޑިސެމްބަރ 8، 2025 ވާ ހޯމަ ދުވަހުގެ 22:00 ކުރިން އެ މަރުކަޒުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށައެޅުމަށް އެ މަރުކަޒުން ވަނީ އެދިލައްވާފަ އެވެ.

އެ މަރުކަޒުން އާއްމުކޮށްފައިވާ ގޫގުލް ލިންކް އަކީ (https://forms.gle/THP3xtTEPTxqCC4b6) އެވެ.


ކިޔުންތެރިންގެ ހިޔާލު