ENGLISH
01 ޑިސެމްބަރު 2025
ބައްޔާމެދު ލަދުގެންނެވުން ނެތިކޮށް، އެންމެނަށް ފަރުވާ ކަށަވަރުކުރަން ގުޅިގެން މަސައްކަަތްކުރަމާ: ފަސްޓް ލޭޑީ
01 ޑިސެމްބަރު 2025
|
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ އެއިޑްސް ދުވަހުގައި، ބައްޔާމެދު ލަދުގެންނެވުން ހުއްޓުވައި، ދެނަގަތުމާއި ފަހުމުވުން އިސްކޮށް، އެންމެންނަށް ފަރުވާ ލިބޭކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގުކުރާއިރު އެންމެން ހަނދާންކުރަންވީ އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ގުޅިގެން ވިލުންތެރިކަމާއި އީޖާދުކުރުމާއި، އުންމީދަކީ އެއިޑްސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކުރިމަތިވާ ހިރާސްތަކާއި ނާޒުކުކަންކަމުން އަރައިގަތުމުގައި ކިހަައި މުހިއްމު ކަންތައްތަކެއްކަން ހަދާންވާ ކަމުގައި ސާޖިދާ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެން ގުޅިގެން ކުރާ މަސައްކަތްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ މުޖުތަމައުތަކަަކީ އެއިޑްސް ނައްތައިލުމަށް ބޭނުންވާ މައުލޫމާތު ލިބިފައިވާ، އެކަމަށް ބާރުކުރެވިފައިވާ މުޖުތަމައުތަކެއް ކަަމުގައި ހެދުމުގެ މަސައްކަތް ކަމުގައި ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެންމެން ގުޅިގެން އެކީގައި ލަދުގެންނެވުން ނުވަތަ ސްޓިގްމާ ނެތިކޮށް، ފަހުމުވުން ކުރިއަރުވައި، އެންމެނަށް ފަރުވާއަށް ވާސިލުވެވޭކަން ކަށަވަރުކުރުމަށް ގޮވާލައްވާފަައެވެ.
އެއިޑްސް ނައްތައިލުމުގެ މަސައްކަތް ފެށެނީ އަޅުގަނޑުމެން އެންމެންނާ ހަމައިންކަން ފާހަގަކުރައްވައި، ސާޖިދާ ވިދާޅުވީ 2030 ވަނަ އަހަރުގެ ކުރިން އެއިޑްސް ނައްތައިލުމަކީ އެންމެން އެކީ ގުޅިގެން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަމެއް ކަމަށެވެ.