ENGLISH
01 ޑިސެމްބަރު 2025
ސިލޯނާއެކު ދިވެހީން ޓެލެތޯނަށް އެމްއެމްޓީވީގެ މުވައްޒަަފުންގެ ފަރާތުން 10،000 ރުފިޔާ
01 ޑިސެމްބަރު 2025
|
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެމްއެމްޓީވީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރުން
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ މީޑިޔާތަަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނަށް އެމްއެމްޓީވީގެ މުވައްޒަފުންގެ ފަރާތުން 10،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
އިއްޔެ ހެނދުނު 9:00 ގައި ފެށި ޓެލެތޯނަށް މިހާތަނަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ސަރުކާރު ވުޒާރާތަކާއި، ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރަށް އަމިއްލަ ފަރުދުން އަންނަނީ މި ޓެލެތޯނު މެދުވެރިކޮށް ލަންކާ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ ހަދިޔާކުރަމުންނެވެ.
މި ޓެލެތޯނު ހިންގުމަށް ކުރިން ހަމަޖެހިފައި އޮތީ އިއްޔެ ހެނދުނު 9:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ނަމަވެސް ވީހާވެސް ގިނަ ބަޔަކަށް މި ޓެލެތޯނު މެދުވެރިކޮށް ލަންކާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ފަހިކުރުމުގެ ގޮތުން މިރޭ މެންދަމު 2:00 އާ ހަމައަށް ޓެލެތޯން ކުރިއަަށްގެންދަންވަނީ ނިންމާފައެވެ.
މި ޓެލެތޯނު މެދުވެރިކޮށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިފައިވާއިރު، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިތުރަށް އަމިއްލަ ވިޔަފާރިތަކުންވެސް ޓެލެތޯނު މެދުވެރިކޮށް ލަންކާ ރައްޔިތުންނަށް އަންނަނީ އެހީވަމުންނެވެ.
ސައިކްލޯން ޑިޓްވާގެ ސަބަބުން ލަންކާއަށް ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވެ، ވަރަށް ގިނަ މަގުތައް ހަލާކުވެ، 200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައްސަތޭކަ ބަޔަކު ގެއްލިފައިވެއެވެ. އަދި ގިނަ އަދަދެއްގެ ގެދޮރުވެސް ހަލާކުވެފައިވާކަމަށް އެ ގައަމުގެ ސަރުކާރުން ރިޕޯޓުކުރެއެވެ.
ލަަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ބަައިނަލްއަގުވާމީ މުޖުތަމައުގެ އެހީއަށް ލަންކާއިން އެދުމާއެކު އެންމެ ފުރަތަމަ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނީ ދިވެހިރާއްޖެއިންނެވެ.