ENGLISH

28 ނޮވެމްބަރު 2025

Advertisement

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތައް ދަނީ ފެންނަމުން: ރައީސް

28 ނޮވެމްބަރު 2025

|

ހަސަން އާމިރު

ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން މިދުވަސްވަރު ކުުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ބޮޑުވަމުންދާ މިންވަރު އަންގައިދޭ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތައިލެންޑު، އިންޑޮނީޝިއާ އަދި ވިއެޓްނާމަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކުރިމަތިވި ހާދިސާތަކުގައި ބައެއް މީހުން މަރުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ކުރިމަތިވި ހިތާމާގައި ރާއްޖެއިން ވެސް ބައިވެރިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ހޮންގ ކޮންގައި މީހުން ދިރިއުޅޭ އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވާފައި ވަނީ މި ހިތާމަވެރި ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކާއެކު ދިވެހިން ތިބިކަން ހާމަކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު