ENGLISH
28 ނޮވެމްބަރު 2025
ފެނަކައިގެ އަމާޒު؛ އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އައު އިންޖީނުގެ 2027 އަށް ނިންމުން
28 ނޮވެމްބަރު 2025
|
އައްޑޫ އިންޖީނުގޭގައި މުވައްޒަފުންތަކެއް މަސައްކަތްކުރަނީ
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހަައްލެއް ހޯދުމުގެ ގޮތުން 2027 ވަނަަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އެ ސިޓީގެ އައު އިންޖީނުގެ ގާއިމުކުރުމުގެ މަސައްކަތް ނިންމުމަށް ފެނަކައިން އަމާޒު ހިފައިފިއެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަަޖާޙު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގަައި ވިދާޅުވީ އައްޑޫ ސިޓީގެ ކަރަަންޓުގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަ މަސައްކަަތްތަކެއް ފެނަކައިން ކޮށްފައިވާ ކަމަށެވެ.
އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އައްޑޫއަށް އަށް ޖަނަަރޭޓަރު ފޮނުވާފަައިވާކަން ފާހަގަކުރައްވަނު ނަޖާޙު ވިދާޅުވީ މިހާރު މަސައްކަތްކުރަމުންދަނީ ރަމަޟާން މަހުގެ ކުރިން އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވުމަށް ކަމުގައެވެ. އެއާއެކު މި ދައުރުގައި އައްޑޫ ކަރަންޓު ވިއުގައަށް 12 މެގަވޮޓު އިތުރުވެގެންދާނެ ކަމުގައި ނަޖާޙު ވިދާޅުވިއެވެ.
މިހާރު އައްޑޫގައި ބޭނުންކުރެވޭ ޖަނަރޭޓަރުތަކަށް ބަލާއިރު އެ ސިޓީގައި 17 ޖަނަރޭޓަރު ބޭނުންކުރެވެމުންދާނެ ކަމުގައ ނަޖާޙު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިތުރުކުރެވުނު ޖަނަރޭޓަރުތަކާއެކު އައްޑޫގެ ކަރަންޓު ގްރިޑުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކުރެވި ކަރަންޓު ކެނޑުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދިފައިވެއެވެ.
"މިހާރު އެކޮޅުގައި އުޅޭނެ ގާތްގަނޑަކަށް 17 ވަރަކަށް ޖަނަރޭޓަރު ބޭނުންކުރެވޭ. އެހެންވީމަ ޕަވަރ ލިބޭނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ އެއްވެސް މައްސަލައެއް ނެތި އިރާދަކުރެއްވިއްޔާ. ޕަވަރ ޖަނަރޭޓް ނުކުރެވިގެން އިރާދަކުރެއްވިއްޔާ އައްޑޫއަކުން ކަރަންޓެއް ނުކެނޑޭނެ.،" ނަޖާޙު ވިދާޅުވިއެވެ.
ނަމަވެސް މި މަސައްކަަތްތަކަކީ ވަގުތީ ހައްލެއްކަން ފާހަގަކުރައްވަމުން ނަޖާހު ވިދާޅުވީ ދާއިމީކޮށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރިން ފެށި ހުއްޓިފައި އޮތް އެ ސިޓީގެ އިންޖީނުގޭގެ މަސައްކަަތް އަލުން ފަށައި 2027 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިއަށް ނިންމައިލުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.
އަައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފަައިވާ ގޮތަށްް 30 މެގަވޮޓުގެ ކަރަަންޓު އުފެއްދޭ މިންވަރުގެ ގާބިލުކަން އެ ސިޓީގައި ގާއިމުކުރުމުގެ މަސައްކަަތް މި އަހަރުގެ ތެރޭގައި ފެނަކައިން ނުވަތަ އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް ފަށަައިގަަތުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.