ENGLISH

27 ނޮވެމްބަރު 2025

Advertisement

މޫޑީސްއިން ރާއްޖޭގެ އައުޓްލުކަށް ގެނައި ބަދަލުން ރިވެލިވަނީ ސަރުކާރުގެ އިސްލާހުތަކުގެ ހެޔޮ އަސަރު: ޒަމީރު

27 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި، ރައީސް ޑރ.މުޙައްމަދު މުޢިއްޒު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން މޫޑީސްްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި ރާއްޖޭގެ އައުޓްލުކް ނެގެޓިވްއިން ޕޮޒިޓިވްއަށް މަތިކުރުމަކީ ދިވެހި ސަރުކާރުން ތަންފީޒުކުރާ ރަނގަޅު މާލީ އިސްލާހުތަކުގެ ހެޔޮ އަސަރު އެއިން ރިވެލިވާ ބަދަލެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާާ ޒަަމީރު ވިދާޅުވެއްޖެއެވެ. 

ކްރެޑިޓް ރޭޓިން އެއް މިންވަރެއްގައި ދެމެހެއްޓި ނަމަވެސް ރާއްޖޭގެ އިގުތިސާދީ އަދި މާލީ މުސްތަގުބަލު ސަލްބީ ގޮތެއްގައި ފެންނަ ކަމަށް ކުރިން ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، މާލީ އަދި އިގުތިސާދީ ކުރިމަގު ފެންނަނީ ސްޓޭބަލް ނުވަތަ އިސްތިގުރާރުވެފައިވަނިކޮށް ކަމަށް މޫޑީސްއިން ކަނޑައަޅައި އިއުލާނުކުރީ މިއަދުއެވެ. 

އެ ބަދަލު ގެނައި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދުގައި އަދީ މާލީ ނިޒާމުގައި ދައުރުކުރާ ބޭރު ފައިސާގެ އަދަދު އިތުރުވުމާއި، ދަރަނި އަދާކުރުމަށާއި ދައުލަތުގެ އެހެނިހެން މާލީ އިލްތިޒާމުތައް އަދާކުރުމަށް ދައުލަތުން ރައްކާކޮށްފައި ހުރި ބޭރު ފައިސާގެ އަދަދުތަކަށް އައި ހެޔޮ ބަދަލު ހިމެނެއެވެ. 

މިކަންކަމަަށް އިޝާރާތްްކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުގެ ޒަައާމަތުގައި ރާއްޖޭގެ ބޭރު ފައިސާގެ ލިކުއިޑިޓީ ހާލަތު ރަނގަޅުކޮށް، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކޮށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ވަރަށް ބޮޑަށް ހަރުދަނާކޮށްފައިވާ ކަމަށެވެ. 

އަދި މި އަހަރު ސަރުކާރުން ވަރަށް ބޮޑަށް ހިފަަހެއްޓުންތެރިކަމާއެކު ބަޖެޓު ތަންފީޒުކޮށްފައިވާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ މި ހުރިހާ ކަމެއް އެކުވުމުން ރާއްޖެއަށް ބޭރުގެ ދަރަނީގެ ސަބަބުން ކުރިމަތިވެފައި ހުރި ފިއްތުންތައް ކުޑަކުރެވިފައިވާ ކަމަަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ މިސްރާބާމެދު އިތުބާރު އިއާދަކުރެވިފައިވާ ކަމަށެވެ. 

އަދި ސަރުކާރުގެ ވިސްނުން ހުރީ މާލީ ކަންކަން ހަމަމަގަށް އެޅުވުމާއެކު، ދަރަނި ޒިންމާދާރު ގޮތުގައި މެނޭޖުކޮށް، ރާއްޖެއަށް ދެމެހެއްޓެނެވި އިގުތިސާދީ ކުރިއެރުން ހޯދައިދިނުމަށް ކަމުގައި ޒަަމީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު