ENGLISH
27 ނޮވެމްބަރު 2025
ބިދޭސީން ޤާނޫނާއި ޚިލާފަށް ވިޔަފާރިކުރާނަމަ ރިޕޯޓްކުރަން އެދިއްޖެ
27 ނޮވެމްބަރު 2025
|
ބިދޭސީ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ބިދޭސީން ރާއްޖޭގައި ޤާނޫނާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަ ބޮޑުވެފައިވާކަމަށާއި، އެގޮތަށް ވިޔަފާރިކުރާނަމަ ރިޕޯޓް ކުރަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.
އެ ވުޒާރާއިން ގެޒެޓުގައި މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނީ، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން، ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް މިނިސްޓްރީއަށް ފާހަގަކުރެވެއެވެ.
ބޮޑުވެފައިވާ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ކުރަމުންގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން 2024 އޮގަސްޓް 22 ގައި ފާސްކުރައްވައި، ސަރުކާރުގެ ގެޒެޓުގައި 2024 ސެޕްޓެންބަރ 3 ޝާއިޢުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނު 2024/11 ގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، 2025 އޮކްޓޫބަރު 8 ގައި މި މިނިސްޓްރީއިން ވާނީ އާންމުކޮށް އިޢުލާން(IUL)101-IM/PRIV/2025/2) ކޮށްފައެވެ.
ވީމާ، ޤަވާޢިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯރޓްކުރުމަށް އަމަލުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.
އެގޮތުން ލިބޭ މައުލޫމާތް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މި މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެމެވެ.
ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ދެންނެވީމެވެ. މި އިއުލާނާއިއެކު ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އެނެކްސް ކުރެވިފައި އެވަނީއެވެ.