ENGLISH

27 ނޮވެމްބަރު 2025

Advertisement

އެއްގަމު ދަތުރުފަތުރުގެ އާ ބިލު؛ ނުރައްކާތެރިކޮށް ދުއްވާނަމަ 5 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް

27 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް މަޖިލީހަށް ބިލް ހުށަހަޅުއްވަނީ. ފޮޓޯ: މަޖިލިސް

ނުރައްކާތެރިކޮށް ދުއްވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ގޮތްތައް ހިމަނައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް މިއަދު ހުށަހަޅައިފިއެވެ. 

ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބުއެވެ. 

ނުރައްކާތެރިކޮށް ދުއްވުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އަލަށް ހުށަހެޅި ބިލުގައި ވަނީ ހިމަނައިފައެވެ. ބޮޑެތި އެކްސިޑެންޓްތަކުގައި މީގެކުރިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން އަދަބެއް ނުދެވެއެވެ.

އެ ޤާނޫނުގައި މީގެކުރިން އޮންނަނީ ހަމައެކަނި ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އަބަދު ދެނީ ޤާނޫނުލްއުޤުބާތުގެ ދަށުންނެވެ. އެހެންނަމަވެސް، މިއަދު ހުށަހެޅި އާ ބިލާއެކު ނުރައްކާތެރިކޮށް ދުއްވުން ޖިނާޢީ ކުށަކަށްވެ، ލިބޭ ގެއްލުމުގެ ބަދަލުގައި ޖަލު ހުކުމް ހިމެނުމަށް ބަޔަންކޮށްފައިވެއެވެ. 

ނުރައްކާތެރިކޮށް ދުއްވައިގެން ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް، ބިލުގައި ވަނީ ކުށްކުރާ މީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބުނެފައެވެ. 

ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެ ނަމަ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށް ލެވިދާނެކަމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. 

ބިލުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލުމެވެ. 

ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާނުވި ނަމަވެސް، ޙާލަތަށް ބަލައި 25،000 ރުފިޔާ އާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. 

ކުށްކުރި މީހާގެ ލައިސަންސް އަތުލުމާއި، ލައިސެންސެއް ނެތި ދުއްވައިފިނަމަ އެމީހަކަށް ލައިސެންސަށް އެދި ހުށަހެޅުން މަނާވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. 

ނުރައްކާތެރިކޮށް ދުއްވައިގެން ރާއްޖޭގައި ފަހަކަށް އައިސް ވަނީ ބޮޑެތި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނައަށް ގެއްލުންވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު