ENGLISH
26 ނޮވެމްބަރު 2025
ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ފެސްޓިވަލެއް މާދަމާ ފަށަނީ
26 ނޮވެމްބަރު 2025
|
"ސަޅި ފެސްޓް 2025" ގެ ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ފެސްޓިވަލެއް މާދަމާ ފަށަން ޔޫތު ހަބުން ނިންމައިފިއެވެ.
މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 27، 28 އަދި 29 ގައެވެ.
މިއީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތު މިނިސްޓްރީއާ ގުޅިގެން ޔޫތު ހަބުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މި ހަރަކާތުގެ ބޭނުމަކީ ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމާއެކު ޒުވާނުން އާ ކަންތައްތައް ދަސްކޮށް، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ފުރުސަތުތަކެއް ހުޅުވާލުމެވެ.
ތިން ދުވަހުގެ މި ހަރަކާތުގައި ހުނަރުތައް ދަސްކުރުމާއި ތަރައްޤީކުރުމުގެ އިތުރުން މި ހުނަރުތަކަށް ޚާއްސަ ވޯކްޝޮޕްތައް ކުރިޔަށްދާނެއެވެ. ވިޔަފާރި ސްޓޯލްތަކާއި، ތަފާތު ފުޑް ސްޓޯލްތަކާއި ލައިވް ޝޯތައް ފެނިގެންދާނެއެވެ. އަދި ބައިވެރިން މުނިފޫހިފިލުވުމަށްޓަކައި ހިލޭ ކަރޯކޭ ރޫމްތަކާއި އެކި ކަހަލަ ގޭމް ޒޯންތައް ވެސް ވަނީ ތައްޔާރުކޮށްފައެވެ.
ސަޅި ފެސްޓަށް ވެންޑަރުންގެ ފުރުސަތުތައް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޕްރެޒިޑެންޝަލް ޔޫތު އެޑްވައިސަރީ ބޯޑުން އެދިފައިވެއެވެ.