ENGLISH
04 ފެބްރުއަރީ 2026
ބީއެމްއެލްގެ 3،000 ހައުސިން ޔުނިޓު؛ މުޅިންވެސް ހުންނާނީ 3 ކޮޓަރީގެ ފުލެޓު، ކުލި 10،000އަށްވުރެ ބޮޑުނުވާނެ
26 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން އިމާރާތްކުރާ 3،000 ހައުސިން ޔުނިޓުގެ މަޝްރޫއުގައި ވިލިމާލެ އާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ތަރައްގީކުރާ ހުރިހާ ހައުސިން ޔުނިޓަކީ ވެސް ތިން ކޮޓަރީގެ ޔުނިޓުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން އެކުލަވައިލި އުސޫލުގެ ދަށުން ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް ކުއްޔަށް ދޫކުރަން ތަރައްގީކުރާ މި ފުލެޓުތަކާ ގުޅޭ ގޮތުން މައްޗަންގޮޅި ރައްޔިތުންނަށް މައުލޫމާތު ދެއްވަމުން ރައީސް ރޭ ވިދާޅުވީ މި ޔުނިޓުތައް ދޫކުރާނީ އެންމެ ބޮޑަށް ގެދޮރުވެރިކަން ބޭނުންވެފައިވާ މީހުންނަށް ބަލައިގެން ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުލީގެ ގޮތުގައި އަގު ދައްކައި ހަލާސްކުރުމުން ތަން މިލްކުވާ ގޮތަށް ކުއްޔަަށް ދޫކުރާނީ ގިނަވެގެން 10،000 ރުފިޔާގެ ކުއްޔަކަށް ކަމަށެވެ.
މި ފުލެޓުތައް ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ އެއްވެސް ގޮތަކަށް ގޯއްޗެއް ނުވަތަ ފުލެޓެއް ނެތް ފަރާތްތަކަށް ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ފުލެޓާއި ގޯތި ލިބިފައިވާ މީހުންނަށްވެސް ފުރުސަތު ހުޅުވައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލެޓުތަކާއި ގޯތީގެ ސިޔާސަތު އެކަށައެޅުމުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ސިޔާސަތެއް ތަރުތީބުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުގައި އިންސާފެއް ނެތި ފުލެޓު އަތުލި ފަރާތްތަކަށް ފުލެޓު ދެއްވުމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެމީހުންނަށްވެސް މި ސަރުކާރުން އަޅާ ފުލެޓުތަކުން ފުލެޓު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބީއެމްއެލްއިން ފަށާ ހައުސިން މަޝްރޫއުގެ އިތުރަށް އަންނަ އަހަރު 4،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް އިންޑިޔާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން ރާވާފައިވާކަން ކުރިން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ނުހައިކް ·