ENGLISH
28 ނޮވެމްބަރު 2025
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢު؛ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށް
26 ނޮވެމްބަރު 2025
|
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސްރޫޢުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ރަށް ގިރުމުގެ މަސައްލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ފުނަދޫ އަކީ މީގެ ތެރެއިން އެއް ރަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެރަށުން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ ޖެނުއަރީ 26، 2023 ގައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.