ENGLISH
25 ނޮވެމްބަރު 2025
އަރައިނުގަނެވިގެން މިއުޅެނީ ސޯލިހާއި ނަޝީދު އެއްގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން: ފަޒްނާ
25 ނޮވެމްބަރު 2025
|
ރައީސް ސޯލިހް (ކ) ފަޒްނާ (މ) ރައީސް ނަޝީދު (ވ)
ދެބަސްވުމުން އަރައިނުގަނެވިގެން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެއްގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ކަމަށް ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
ފަޒްނާ މިހެން ވިދާޅުވީ މިފަހަކަށް އައިސް ދޭތެެރެ ދޭތެެެރެއިން އެކި ފަންތީގެ މީހުން ދައްކަމުން އަންނަ ވާހަކަ އަކާމެދު ވިސްނޭ ގޮތް ހިއްސާކޮށްލާ ކަން ހާމަކޮށް އާންމުކުރި ސްޓޭޓްމަންޓެއްގަ އެވެ.
ވިދާޅުވީ އޭނާގެ ނަޒަރު ގައި ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް "އާއިލީ އަރާރުން" ކިއުމަކީ ރައީސް ނަޝީދާއި ރައީސް ސޯލިހްއާ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށެވެ. އަދި މިކަހަލަ ހަނިވިސްނުންތަކަކީ އެމްޑީޕީގައި ހުރިމައްެްސަލަތައް ހައްލުކުރުމަށްޓަކާ ފުޅާދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއްވެސް ކަމަށެވެ.
މަދަރުސީ ދައުރުގައި އުފެދޭ އެކުވެރިކަން ގިނަފަހަރަށް ބިނާވެފައިވަނީ ޝަޢުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއްވެސް ހުރެގެން ކަމަށާ އެގޮތުން މި ދެބޭފުންނަކީވެސް މަދަރުސީ ދައުރުން ފެށިގެން ދާދި އެއްކަހަލަ ކަންތައްތަކަކަށް ޝައުގުވެރިކަންހުރި އެކުވެރިންތަކެއްގެ ތެރޭގައި ހިމެނުނު ދެބޭފުޅުން ކަމަށް ފަޒްނާ ވިދާޅުވި އެވެ.
އަދި ޝައުގުވެރިކަން ހުންނަ ގިނަކަންތައްތަކެއް ހުރިނަމަވެސް ސޯލިހާއި ނަޝީދުގެ މިޒާޖު ތަފާތު ކަމަަށެވެ. ނަމަވެސް އޭގެ ތަފްސީލަށް ދާން ބޭނުނުންނުވާ ކަމަަށް ވިދާޅުވި އެވެ.
“ނަމަވެސް ސިޔާސީ ކަންކަން ހިމެނޭގޮތަށް ކޮންމެ ކަމެއްގައިވެސް އެއްބަސްވެވޭ ކަންކަމާއި، ދެބަސްވުމަށް އެެއްބަސްވެ ދެބޭފުޅުން އެކުގައި ކުރަށްވާ ކާމިޔާބު ކުރެއްވި ކަންކަން މަދެއް ނުވާނެ. އަރައިނުގަނެވިގެން މިއުޅެނީ ދެބޭފުޅުން އެއްގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ،” ފަޒްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީއެމްޑީޕީއަށް އާ ކަމެއްނޫނެވެ. އަދި އެދިވަޑައިގަތީ ތާރީޚް ބެއްލެވުމަަށެވެ.
ދެބަސްވުމުން އަރައިނުގަނެވިގެން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެއްގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ކަމަށް ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވިއިރު ކުރީން ވަރަށް ގާތް އެހާމެ އިތުރުބާރު ކުރައްވާ ދެ ބޭފުޅުންގެ ގޮތުގައި ތިއްބާ ނަޝީދާއި ސޯލިހް ހަތުރުންނަަށް ބަދަލުވެވަޑައިގަތީ ވެރިކަމަށް ދެ ބޭފުޅުންގެ އޮތް ބޮޑު ޝައުގުވެރި ކަމެއްގެ ސަބަބުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދޫދެއްވަން ބޭނުންފުޅު ނުވުމުންނެވެ.
ސޯލިހްގެ ވެރިކަމުގައި ނަޝީދު ވަނީ އެމަނިކުފާނަށް ނިސްބަތް ކުރައްވާ ވަރަށް ހުތުރު ތުހުމަތުތައް ވެސް ކުރައްވާފަ އެވެ. އަދި ސޯލިހާއި ދެކޮޅުވެރިވެ އެމްޑީޕީ ރޫޅާލާން ވައުދުކުރައްވާ ދަ ޑިމޮކްރެޓްސް ވެސް އުފެއްދެވި އެވެ.
އަލުން އެމްޑީޕީއަށް ވަޑައިގަތަސް އިހު އޮތް ގާތްކަމެއް ދެ ބޭފުޅުންގެ ނެތެވެ. މިހާރު ވެސް އޮތީ ރިޔާސީ ޓިކެޓާއި އެމްޑީޕީގެ ހިންގުމުގައި އިސްކޮށް ތިބެން ދެ ބޭފުޅުންގެ އޮތް ވާދަވެރި ކަމެވެ.