ENGLISH

25 ނޮވެމްބަރު 2025

Advertisement

އޮޕަރޭޝަން އަލިމަގުގެ އަދާހަމަ؛ ބަންދަށް ލީ 38 މީހުންގެ ތެރެއިން 12 މީހަކު 30 ދުވަހަށް ބަންދުކޮށްފި

25 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އޮޕަރޭޝަން އަލިމަގުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ތުހުމަތުތަކުގައި ހައްޔަރުކުރި 110 މީހުންގެ ތެރެއިން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކުރި 38 މީހުންގެ ތެރެއިން 12 މީހަކު 30 ދުވަހަށް ބަންދުކޮށްފައިވާކނަް ފުލުހުން ހާމަކޮށްފިއެވެ. 

މިއަދު ފުލުހުންވަނީ އޮޕަރޭޝަން އަލިމަގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށް ކޯޓު މަރުހަލާއިން ބަންދުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. އަދި ކޮންމެ ބަޔަކު ހައްޔަރުކުރީ ކޮން އަތޮޅަކުންކަން އެނގޭނެ ގޮތަށް ތަފުސީލުތައް ފުލުހުން ހިއްސާކުރިއެވެ. 

ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިނ 12 މީހަކު ތިރީސް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. 30 ދުވަހަށް ބަންދުކުރި 12 މީހުންގެ ތެރޭގައި ކ.އަތޮޅުން ހައްޔަރުކުރި އުމުރުން 41 އަހަރުގެ އަންހެނަކު ހިމެނެއެވެ. 

މި  އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އެންމެ މީހެކެވެ. މާލެއިން ހައްޔަރުކުރި އުމުރުން 29 އަހަރުގެ މުހައްމަދު ޖަޒްލާން އަޝްރަފު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރިއިރު އިތުރު އެއްވެސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަައިވެއެވެ. 

މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް މީހަކު 15 ދުވަހަށް ބަންދުކުރަން ކޯޓުންވަނީ އަމުރުކޮށްފައެވެ. އަދި ހަ މީހަކު ހަތް ދުވަހަށް ބަންދުކުރިއިރު ހަ މީހަކު ފަސް ދުވަހަށް ބަންދުކުރިއެވެ. އެކަކު އަށް ދުވަހަށް ބަންދުކޮށްފައިވާއިރު ދެ މީހަކު ދިހަ ދުވަހަށް ބަންދުކޮށްފައިވެއެވެ. 

ފުލުހުންގެ ހިދުމަތުން މިއަދު މައުލޫމާތު ދިން ގޮތުގައި ގއ އަދި ގދ އަތޮޅުން ފުޅާ ދާއިރާއެއްގައި ޑްރަގު ވިޔަފާރިކުރާ ބަޔަކު އަތުލައިގަނެފައިވެއެވެ. އަދި ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރިކުރާ ދެ މީހަކު މާލެއިން ހައްޔަރުކުރި ކަމުގައި ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު