ENGLISH

25 ނޮވެމްބަރު 2025

Advertisement

އޮޕަރޭޝަން އަލިމަގު؛ 110 މީހަކު ހައްޔަރުކޮށްފި، ޑްރަގުގެ ބޮޑުން ހިމެނޭ

25 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަަށް ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން 110 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޑްރަގުގެ ބޮޑުން ހިމެނެއެވެ. 

ޑްރަގުގެ ވިޔަފާރި މުލުން ލުހެލުމަށް ފުލުހުންގެ ހިދުމަތުން ފެށި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނެއްކަން ފުލުހުންގެ ހިދުމަތުން ފާހަގަކުރިއެވެ. އެ ހިދުމަތުން ބުނެފައިވަނީ މި އޮޕަރޭޝަން ކުރިއަށްގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. 

ފުލުހުންގެ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވިއިރު، 105 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި 110 މީހަކު ހައްޔަރުކުރި މި އޮޕަރޭޝަނުގައި ފުލުހުންވަނީ 39 ރަށެއްގައި ހަރަކާތްތެރިވެފައެވެ. އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުވެސް ފުލުހުން ބަލައިފާސްކޮށްފައިވެއެވެ. 

މި އޮޕަރޭޝަނުގެ ތެރެއިން އެކެއް ނޮވެންބަރުން ފެށިގެން 14 ނޮވެންބަރާ ހަމައަށް 30 ކިލޯ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. 

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 61 މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ފައްސިވިއެވެ. ޖުމްލަ 38 ފަރާތެއް ކޯޓަށް ހާޒިރުކުރިއެވެ. ފުލުހުންވަނީ ކޯޓުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރި ފަރާތްތަކުގެ ވަނަވަރުވެސް އާއްމުކޮށްފައެވެ. 

ބަންދުގައި ބޭތިއްބުމަށް ކޯޓަށް ހާޒިރުކުރި މީހުންނަކީ އެމީހުންގެ އަތުން މަސްތުވާތަކެތި ފެނުމާއެކު ހެއްކަށް ނުފޫޒު ފޯރުވުން ނުވަތަ މުޖުތަމައަށް ނުރައްކަލަކަށްވުމުގެ އިހުތިމާލު އޮތް މީހުން ކަމަށްވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިނެވެ. 

މި އޮޕަރޭޝަނުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގއ އަދި ގދއިން ހައްޔަރުކޮށްފައިވެއެވެ. އަދި މާލެއިންވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު